ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު، ހއ.އިހަވަންދޫ ކައުންސިލުގެ މެމްބަރުންނާއި ބައްދަލުކުރައްވައިފި.
މި ބައްދަލުވުމުގައި، ދިފާޢީ ވުޒާރާއާ ގުޅިގެން މުޖުތަމަޢުގެ ލާބައާއި މަންފާއަށްޓަކައި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ކޮމިއުނިޓީ އެންގޭޖްމެންޓް ހަރަކާތްތައް ހިންގުމަށާއި، އިހަވަންދޫގައި އަލިފާން ނިއްވުމުގެ ޚިދުމަތް ޤާއިމްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު.
މިބައްދަލުވުމުގައި ދިފާޢީ ވަޒީރުގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީ އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަޙްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވި.
Ministry of Defence and National Service retweeted
ށ.ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު 1 ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް 5 ދުވަހުގެ މުއްދަތަށް މި އޮތޯރިޓީން ވަނީ ހަމަޖައްސާދީފައި .
Ministry of Defence and National Service retweeted
ރޯވެފައިވާ އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފަ. މި ހާދިސާގައި 1 ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ކައިރީގައި ހުރި އިތުރު 3 ގެއަކަށް ވެސް ވަނީ އަލިފާނުގެ ސަބަބުނަ އެކިވަރުގެ ގެއްލުންތައް ލިބިފައި.
ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން ވަނީ ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފަ.
މި ހާދިސާގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް ފަރާތްތަކަށް މިހާރު ދަނީ ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުން. ހާލަތު އިތުރަށް ބަލައި މޮނީޓަރ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް ފުނަދޫ ކައުންސިލުން މަޢުލޫމާތު ދެއްވާ.
މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެންޖެހޭ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަ މި އޮތޯރިޓީން ދަނީ ކުރަމުން.
Ministry of Defence and National Service retweeted
ވޭތުވެދިޔަ ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކަލުގެ 20 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވޭ.
Ministry of Defence and National Service retweeted
ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި. އަލިފާން އަދިވެސް ކޮންޓްރޯލް ނުވާއިރު، އެ ސަރަޙައްދުގައި ހުރި 4 ގެޔަކަށާއި 5 ވޯކްޝޮޕް/ގަރާޖަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައި. އެ ސަރަޙައްދުގެ ގެތަކުން މީހުން މިހާރު ވަނީ ހުސްކުރެވިފައި.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވޭ. އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއާޕޯޓް ފަޔަރ އަދި އާންމުން ދަނީ ހަރަކާތްތެރިވަމުން. އަދި ކުޅުދުއްފުށިން އެމްއެންޑީއެފް ފަޔަރ ޓީމު މިހާރު ދަނީ އެރަށަށް ދަތުރުކުރަމުން.
Ministry of Defence and National Service retweeted
ށ.ފުނަދޫ، ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށައިފި. ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 08:00ގައި.
Ministry of Defence and National Service retweeted
ތ. ވިލުފުށި ފަދަ ރަށްރަށުން ފިލާވަޅު ލިބި، ރަށްރަށުގެ ކާރިސީ ހިރާސް ކުޑަކުރަން މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ: ސްޓޭޓް މިނިސްޓަރ އައިޝަތު ސަފޫރަ
Ministry of Defence and National Service retweeted
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަދާހަމަ:
🔹 ކުޅުދުއްފުށި: ފެން ހިންދުން މެދުކަނޑާލައި މިވަގުތު ހާލަތު ކޮންޓްރޯލް ކުރެވިފައި. އެއްވެސް މީހަކު ވަގުތީ ހިޔާއަކަށް ބަދަލުވެފައެއް ނުވޭ. 2 ގެއެއްގެ މީހުން ގެސްޓްހައުސްތަކަށް ބަދަލުވި.
🔹 ނޮޅިވަރަމް: ވާރޭ ވެހުން ހުއްޓިފައިވީ ނަމަވެސް ގިނަ ގެތަކެއްގައި އަދިވެސް ފެންބޮޑުވެފައި. 2 ޕަންޕާއި 6 ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރިއަށް.
🔹 ނޮޅިވަރަންފަރު: ވާރޭ ހުއްޓާލުމުން ބޮޑު ސަރަހައްދަކުން ފެން ހިނދިއްޖެ. ގެތައް ސާފުކުރުމާއި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ދަނީ ކުރިއަށް.
🔹 ނައިފަރު: ބޯކޮށް ވާރޭވެހުން ހުއްޓާލުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން ފެން މިހާރު ފަނީ ހިނދެމުން. ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމާއި ގެއްލުންތައް ބެލުމުގެ މަސައްކަތް ކުރިއަށްދަނީ.
ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ ތިންވަނަ ކޯސް ރަސްމީކޮށް އިފުތިތާޙުކޮށްފި.
ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސްކޫލް އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި މިކަމަށް ޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި ތަމްރީން ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވީ، އެމްއެންޑީއެފް ސަރވިސް ކޯރގެ ކޮމަޑާންޓް، ބްެރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމް.
މިއަދު އިފުތިތާޙުކުރެވުނު ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީން ޕްރޮގްރާމުގެ 3ވަނަ ކޯހުގައި، ރާއްޖޭގެ 17 އަތޮޅުތަކުން 84 ދަރިވަރުން ބައިވެރިވެފައިވޭ. މީގެތެރޭގައި 64 ފިރިހެން ދަރިވަރުންނާއި، 20 އަންހެން ދަރިވަރުން ހިމެނޭ.
މި ދަރިވަރުން ސްކޫލް އޮފް އިންޖިނިއަރިންގ އެންޑްް ލޮޖިސްޓިކްސްއަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 12ވަނަ ދުވަހު.
ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގައި، މެރިން އިންޖިނިއަރިންގއާއި، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގއާއި، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަނާއި، އޮޓޯމޯބައިލް އިންޖިނިއަރިންގއާއި، އިލެކްޓްރީޝަން އަދި އޮފީސް މެނޭޖްމަންޓް ފަދަ ސިނާއީ ދާއިރާތަކުގެ ހުނަރުތައް އުނގަންނައިދިނުމަށް ހަމަޖެހިފައިވޭ.
މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރުމުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެޕްރޫވްޑް، ލެވެލް 3ގެ ސެޓިފިކެޓެއް ހާސިލުކުރެވޭނެ. މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ފަންނީ ތަފާތު ދާއިރާތަކުގައި ގިނަ ދުވަހު ޢަމަލީ މަސައްކަތް ކުރައްވާފައިވާ ސިފައިންގެ ތަޖުރިބާކާރު އިންސްޓްރަކްޓަރުން.
ދިވެހި ވަޠަނީ ޚިދުމަތުގެ "ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ" ޕްރޮގްރާމްގެ ހަތަރުވަނަ ބެޗު ރަސްމީކޮށް އިފުތިތާޙުކޮށްފި.
ޅ. މާފިލާފުށީ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިކަމަށް ޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް އިފުތިތާޙުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ. އަދި ޚާއްޞަ މެހުމާނެއްގެ ގޮތުގައި، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، ޢަބްދުﷲ ރާފިޢު ބައިވެރިވެވަޑައިގެންނެވި.
14 ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުގައި ޖުމުލަ 352 ދަރިވަރުން ބައިވެރިވޭ. އޭގެ ތެރޭގައި ރާއްޖޭގެ 20 އަތޮޅުގެ 125 ރަށަކަށް ނިސްބަތްވާ 288 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުން ހިމެނޭ. މި ދަރިވަރުން މާފިލާފުއްޓަށް ރިޕޯޓްކޮށްފައިވަނީ އޮކްޓޫބަރު 13 ވަނަ ދުވަހު.
މި ޕްރޮގްރާމަކީ ޒިންމާދާރު، ޢަޤީދާ ވަރުގަދަ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ފެއްޓެވި ސިޔާސަތެއް.
މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް 'ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް' ދިނުމަށް ހަމަޖެހިފައި ވާ އިރު، ކޯހުގެ މުޤައްރަރުގައި ކަނޑައަޅާފައިވާ ހުރިހާ މިންގަނޑުތަކެއް ހާސިލުކޮށް ފާސްވާ ދަރިވަރުންނަށް 'ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް ލީޑަރޝިޕް'ގެ ސެޓްފިކެޓް ދެވޭނެ.
Ministry of Defence and National Service retweeted
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި އަތޮޅުތަކުގެ ރަށްރަށަށް ލިބެމުންދާ ގެއްލުންތަކާއި މިހާރުގެ ހާލަތު:
•ހދ. އަތޮޅު:
oކުޅުދުއްފުށި ސިޓީ: 7 ޕަންޕުން ފެން ހިންދަމުންދާއިރު، 18 ގެއަކުން 140 އަށްވުރެ ގިނަ މީހުން 2 ސްކޫލަކަށް ވަގުތީގޮތުން ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން.
oނޮޅިވަރަމް އަދި ނޮޅިވަރަންފަރު: ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދާއިރު 1 ޕަންޕުގެ އެހީގައި ފެން ހިންދުމުގެ މަސައްކަތްދަނީ ކުރަމުން. މިކަމުގައި ފުލުހުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދޭ. ނޮޅިވަރަންފަރުގެ ހާލަތު ގޯސްވި ގެތަކުގެ މީހުން އަމިއްލައަށް އެހެން ގެތަކަށް ބަދަލުވެފައިވާއިރު، 2 ޕަންޕުން އެހީގައި ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން.
oނެއްލައިދޫ އަދި ކުމުންދޫ: ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވީ ނަމަވެސް މީހުން ބަދަލުކުރާ ހާލަތަކަށް ގޮސްފައެއް ނުވޭ. ކުމުންދޫގެ 3 ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތައް ހަލާކުވި ނަމަވެސް، އަވިދިނުމާ ގުޅިގެން މިހާރު ރަށުގެ ހާލަތު ރަނގަޅު.
oވައިކަރަދޫ: ރަށުތެރޭގައި ފެންބޮޑުވެ، ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި. ނަމަވެސް ގެއަކަށް ގެއްލުމެއް ނުވޭ.
oނައިވަދޫ، ފިނޭ އަދި ކުރިންބީ: ނައިވަދޫގައި ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ފިނޭގައި ޕަންޕު އެހީގައި ފެން ވަނީ ހިންދާފައި. ކުރިންބީގެ ދެ ސަރަހައްދެއްގައި ފެންބޮޑުވި ނަމަވެސް، މި ތިން ރަށުގެ އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއް ނުވޭ.
oހަނިމާދޫ އަދި މަކުނުދޫ: މި ދެ ރަށުގެ ހާލަތުވެސް އާންމު ގޮތެއްގައި ރަނގަޅު.
•ހއ. އަތޮޅު:
oކޯރު ކަނޑައިގެން ފެން ހިންދި ރަށްތައް: ފިއްލަދޫ، ކެލާ އަދި މާރަންދޫގެ ބޮޑުވި ފެންގަނޑު ވަނީ މޫދަށް ކޯރު ކަނޑައިގެން ހިންދާފަ. ކެލާ އަދި މާރަންދޫގެ 1 ގެއަށް ފެންވަދެފައިވީ ނަމަވެސް ބޮޑު ގެއްލުމެއް ލިބިފައެއްނުވޭ.
oވެލިބަސްތާ ޖެހި ރަށްތައް: ދިއްދޫ އަދި އިހަވަންދޫގެ ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާ ޖަހާފައިވޭ. ދިއްދޫގެ 1 ގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވޭ.
oތަކަންދޫ: ފެން ހިންދުމަށްޓަކައި ކާނު ކޮނުމުގެ މަސައްކަތްކުރަމުންދާއިރު ރޭ ފެންވަދެ ގެއްލުންވި ގެތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތްދަނީ ކުރަމުން.
oއާންމު ހާލަތު ރަނގަޅު ރަށްތައް: ބާރަށް، ހޯރަފުށި، މޮޅަދޫ، މުރައިދޫ، އުލިގަން، އުތީމު އަދި ވަށަފަރުގެ މަގުތަކުގައި ފެންހެދިފައި ވީނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައެއްނުވޭ.
•ޅ. ނައިފަރު:
o16 ގެއަކަށް ފެންވަދެ، 2 ގެއަކުން މީހުން ބަދަލުކޮށްފައިވޭ. ހާލުގައި ޖެހުނު ފަރާތްތަކަށް 3 ދުވަހުގެ ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިއޮތޯރިޓީ އާއި ކައުންސިލް މެދުވެރިކޮށް ދަނީ މަސައްކަތް ކުރަމުން.
Ministry of Defence and National Service retweeted
ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން މި އޮތޯރިޓީން ވަނީ ހަރަކާތްތެރިވެފައި. މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެ، ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އެގޭގައި ދިރިއުޅޭ 4 ފަރާތަކަށް 1 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި 5 ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް މި އޮތޯރިޓީން ވަނީ ހަމަޖައްސަދީފައި . މިހާދިސާ އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވޭ.
Ministry of Defence and National Service retweeted
ބޯކޮށް ވާރޭވެހި، ހދ.ކުޅުދުއްފުށި ސިޓީއާއި ޅ.ނައިފަރުގައި ފެންބޮޑުވެފައިވާތީ، ފެންހިންދުމުގެ މަަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ދަނީ ހަރަކާތްތެރިވަމުން.
Ministry of Defence and National Service retweeted
ތ. ވިލުފުށީގެ ކާރިސާ މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލުމާއި ކުއްލި ހާލަތުގައި އިޖާބަދޭނޭ ފަރާތްތައް ތަމްރީން ކުރުމަށް، އެރަށުގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތައް ނިންމާ ބައިވެރީންނަށް ސެޓްފިކެޓް ހަވާލުކުރުން
އެންޑީއެމްއޭއާއި ވިލުފުށީ ކައުންސިލް ގުޅިގެން ޔުނިސެފްގެ އެހީތެރިކަމާއެކު 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަސައްކަތުގައި އެކިދާއިރާތަކުން 40 ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން ޚިޔާލު ހުށަހެޅުއްވި.
Ministry of Defence and National Service retweeted
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަދާހަމަ:
ހދ.ނޮވިރަމް
ރޭން ފެށިގެން ބޯކޮށް ވާރޭވެހި ހދ. ނޮޅިވަރަމުގައި ފެންބޮޑުވެފައިވާތީ 5 ސަރަޙައްދަކުން ކޯރު ކަނޑައި، ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން. ނަމަވެސް އަދިވެސް ފެންގަނޑު ނުހިނދޭ ކަމަށް ރަށު ކައުންސިލުން މަޢުލޫމާތު ދެއްވާ.
ރަށުގެ %95 ގެތަކަށް ފެންވަދެ ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް ޢާއިލާތައް ވަނީ މިހާރު އެހެން ގެތަކަށް ބަދަލުކުރެވިފައި. މި ޙާލަތުން އަރައިގަތުމަށް ކައުންސިލުން މިހާރު ވަނީ އެމްއެންޑީއެފްގެ އެހީތެރިކަމަށްވެސް އެދިފައި.
ޅ.ނައިފަރު
ޅ. ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 2 ގެއަކުން ރިޕޯޓްކޮށްފައިވޭ. ނަމަވެސް އެއްވެސް ގެއަކުން މީހުން ނެރެންޖެހޭ ފަދަ ހާލަތެއް އަދި މެދުވެރިއެއްނުވޭ.
ފެން ވަންނަ ގެތަކުގެ ކައިރީ ވެލިބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވާ.
އަދި މިރަށްތަކުން އިންސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަށް ދެނެގަނެ ކައުންސިލްތަކާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން ދަނީ ކުރަމުން
Ministry of Defence and National Service retweeted
Building a disaster-ready Vilufushi starts with an empowered community!
Participants of the Community-Based Resilience Building (CBRB) workshop share how the training has strengthened their knowledge and skills to better prepare for disasters and build a more resilient island.
A joint initiative by NDMA and UNICEF Maldives.
Ministry of Defence and National Service retweeted
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަދާހަމަ (ހދ. އަތޮޅު):
🌧️ ހދ. ނޮޅިވަރަންފަރު:ވަރަށް ބޯކޮށް ވާރެވެހި ރަށުތެރޭ ފެންބޮޑުވެ، 60 އަށްވުރެ ގިނަ ގެއަކުން ވަނީ ރިޕޯޓްކޮށްފައި. ގިނަ ގެތަކުގެ އަޑިން ފެން އަރަމުންދާއިރު، ހިފާގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފައި. ނަމަވެސް މީހުން ހުސްކުރަންޖެހޭ ޙާލަތަކަށް އަދި ނުދޭ. ފުލުހުންނާއި ރައްޔިތުން ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން. މިހާރުވެސް ވާރޭ ވެހެމުންދާކަމަށް ކައުންސިލުން މަޢުލޫމާތުދޭ.
🌧️ ކުޅުދުއްފުށި ސިޓީ: ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެގެން މިހާތަނަށް 190 އަށްވުރެ ގިނަ ގެއިން ވަނީ ރިޕޯޓްކޮށްފައި. ކައުންސިލުން ދަނީ އެ ގެތަކުގެ ޙާލަތު ބަލަމުން. ކައުންސިލް، ޕޮލިސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އަދި އެމްއާރުސީ ގުޅިގެން ރަށުތެރޭން ފެންހިއްކުމުގެ މަސައްކަތް ދަނީ ކުރަމުން. މިވަގުތު ވާރޭ ވަނީ ހުއްޓާލާފައި.
މިރަށްތަކުގެ ހާލަތު މި އޮތޯރިޓީން ދަނީ ބަލަމުން. އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ފަރާތްތަކަށް، ރަށު ކައުންސިލްތަކާއި ގުޅިގެން އެ މަސައްކަތްތައް ކުރުމުގެ އިންތިޒާމްވެސް ދަނީ ހަމަޖައްްސަމުން.
Ministry of Defence and National Service retweeted
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އަމާޒަކީ 2040 އަންނަން ވާއިރަށް ރަށްރަށުގެ ކާރިސާ މެނޭޖްކުރުމުގެ ޕްލޭންތައް އެކުލަވާލުން - ސްޓޭޓް މިނިސްޓަރ އައިޝަތު ސަފޫރާ
Ministry of Defence and National Service retweeted
ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ، ވެސްޓް ޕާކް، އައިޖީއެމްއެޗް، މާފަންނު ފެރީ ޓާމިނަލް، ސްކޭޓް ޕާކް، ސަލްމާން މިސްކިތް، މި ސަރަހައްދުތަކުގައި ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން މިވަގުތު ދަނީ ކުރަމުން.
Ministry of Defence and National Service retweeted
މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ފެން ހިންދުމަށްޓަކައި މާލޭގެ 10 ސަރަޙައްދެއްގައި ޕަންޕު ބަހައްޓައިގެން ހަރަކާތްތެރިވަމުން އެބަދެއެވެ. މި މަސައްކަތުގައި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް، ދިވެހި ރެޑް ކްރެސެންޓް، މާލެ ސިޓީ ކައުންސިލް، އެމް.ޓީ.ސީ.ސީ އަދި އެޗް.ޑީ.ސީ ގުޅިގެން ދަނީ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.
މީގެއިތުރުން، ފެނުގެ އަސަރުކޮށްގެން މި އޮތޯރިޓީއަށް ރިޕޯޓްކޮށްފައިވާ ގޭބީސީތަކުގައި، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އެގޮތުން، ވެލި އެޅުމަށް ބޭނުންވާ 10،000 ގޯނި މިހާތަނަށް ވަނީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރެވިފައެވެ.
މިރޭގެ 22:00 އާ ހަމައަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ފެންވަދެގެން ވެލިބަސްތާ ޖަހައިދިނުމަށް އެދި 21 ގެއަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި 1 ގެއަކުން ނަޖިސް ލީކުވެގެން ރިޕޯޓްކޮށްފައިވާއިރު، 16 ފިހާރައަކަށާއި، 2 ރެސްޓޯރެންޓުގެ އިތުރުން 2 ކްލިނިކަކަށް ފެންވަދެގެން ވަނީ ރިޕޯޓްކޮށްފައެވެ. މީގެއިތުރުން، ސަރުކާރުގެ 4 ޢިމާރާތަކަށް ފެނުގެ އަސަރުކޮށްގެންވެސް މި އޮތޯރިޓީއަށް ވަނީ ރިޕޯޓް ލިބިފައެވެ.









































