ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ރ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، މި އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން މިހާރު ދ. މީދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ ރަށުގެ އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވާފަ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން މިހާރު ދ. މީދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ ރަށުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައި. އަދި މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވައި، އެ ކަންކަން ޙައްލުކޮށްދެއްވުމަށް ކުންފުނިން އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މެނޭޖިންގ ޑިރެކްޓަރ ވަނީ މުވައްޒަފުންނާ މަޝްވަރާކުރައްވާފައި.
ދ. މީދޫގައި ސްޓެލްކޯއިން ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ރަށުގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާ.
ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންދިޔަ ރަށްތަކުގެ ޔޫޓީލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ދ. މީދޫގެ ޚިދުމަތްތަކާ ރަސްމީކޮށް ޙަވާލުވުމުގެ މަސައްކަތަށް، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސް ވެރިން މިއަދު ވަނީ އެ ރަށަށް ޒިޔާރަތްކުރައްވާފައި.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން މިހާރު ދ. ކުޑަހުވަދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ ރަށުގެ އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވާފަ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން މިހާރު ދ. ކުޑަހުވަދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ ރަށުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައި. އަދި މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވައި، އެ ކަންކަން ޙައްލުކޮށްދެއްވުމަށް ކުންފުނިން އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މެނޭޖިންގ ޑިރެކްޓަރ ވަނީ މުވައްޒަފުންނާ މަޝްވަރާކުރައްވާފައި.
ދ. ކުޑަހުވަދޫގައި ސްޓެލްކޯއިން ޔުޓިލިޓީ ޚިދުމަތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ރަށުގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާ.
ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންއައި ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ދ. ކުޑަހުވަދޫގެ ޚިދުމަތްތަކާ ރަސްމީކޮށް ޙަވާލުވުމުގެ މަސައްކަތަށް، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސް ވެރިން މިއަދު ވަނީ އެ ރަށަށް ޒިޔާރަތްކުރައްވާފައި.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، އެ އަތޮޅުތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި ދެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
ގއ. ވިލިނގިލީގެ ޔުޓިލިޓީ ޚިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުމަށްޓަކައި، ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރާއި، ބައެއް އިސްވެރިން އެ ރަށަށް ކުރެއްވި ޒިޔާރަތުގައި، އެ ރަށުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވަނީ ބައްދަލުކުރައްވާފައި. މި ބައްދަލުވުމުގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ވަނީ ސްޓެލްކޯގެ ހެދިފައިވާ އުސޫލުތަކާއި ގަވައިދުތަކަށް އަމަލު ކުރުމަށާއި، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްކޮށްދިނުމަށް އެދިވަޑައިގެންފައި.
ގއ. ވިލިނގިލީގެ ޔުޓިލިޓީ ޚިދުމަތްތަކާއި ރަސްމީކޮށް ޙަވާލުވުމަށް، މި ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ނާޡިރުއާއި ބައެއް އިސްވެރިން އެ ރަށަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، އެ ރަށުގެ އިންޖީނުގެއަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ވަނީ ބައްލަވާލައްވާފައި.
ގއ. ވިލިނގިލީގައި ސްޓެލްކޯއިން ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ރަށުގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ޗީފް ޓެކްނިކަލް އޮފިސަރ އަހުމަދު އިގްބާލް. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޗީފް ފައިނޭންޝަލް އޮފިސަރ ފާތިމަތު ލީނާ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރު ވިދާޅުވީ، ވިލިނގިއްޔަށް ދެވަނަ ފަހަރަށް ހިދުމަތްދޭން ސްޓެލްކޯއަށް ލިބުމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށާއި، އެއް އަޒުމެއްގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިތިބުމަށް އެދިވަޑައިގަންނަވާ ކަމަށް.
ތިނަދޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާއި ރަސްމީކޮށް ޙަވާލުވުމަށް، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ބައެއް އިސްވެރިން އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، އެ ރަށުގެ އިންޖީނުގެއަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ވަނީ ބައްލަވާލައްވާފައި.
މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްގެންދާ އެރައިޒް މަޝްރޫޢުގެ ދަށުން، ގްރިޑް-ޓައިޑް ސޯލާ ޕީވީ ނިޒާމުތައް ޤާއިމުކުރުމަށް މި ކުންފުންޏާއި ސައިނޯ ސޯ ހައިބްރިޑް (ބެއިޖިންގ) ޓެކްނޮލޮޖީ ކޯ ލިމިޓެޑާ ދެމެދު ޕަވަރ ޕާޗޭސް އެގްރީމަންޓެއްގައި ވަނީ ސޮއިކޮށްފައި. މި އެއްބަސްވުމުގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ފަރުމާކޮށް، ބިނާކުރުމާއި، ފައިނޭންސްކުރުމުގެ އިތުރުން ހިންގައި ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ ދެ ލޮޓަކަށް ބަހާލައިގެން.
• ލޮޓް 1: ލ. ހިތަދޫ، ލ. ކުނަހަންދޫ، ލ. މާބައިދޫ، ލ. މާމެންދޫ، ލ. މާވަަށް އަދި ލ. ދަނބިދޫ
• ލޮޓް 2: ލ. އިސްދޫ، ލ. ކަލައިދޫ، ލ. ފޮނަދޫ، ލ. ގަން، ޅ. ނައިފަރު، ގއ. ވިލިނގިލި އަދި ށ. ފުނަދޫ
މި މަޝްރޫޢަކީ ރާއްޖޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ހަކަތަ ރަށްރަށަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް.
ތިނަދޫ ސިޓީގައި ސްޓެލްކޯއިން ކަރަންޓާއި ފެނާއި، ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ސިޓީގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރު. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ވާހަކަފުޅު ދައްކަވަމުން، މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރާއްޖޭގެ ޔުޓިލިޓީ ޚިދުމަތްތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ދަށުން ފެނަކައިގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ، ތިނަދޫ ސިޓީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، އެކަމަށްޓަކައި ރައީސަށް ހާއްސަ ޝުކުރެއް ދަންނަވާކަމަށް.
ތިނަދޫ ސިޓީގެ ކަރަންޓުގެ ޚިދުމަތާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވުމަށްޓަކައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ބައެއް އިސްވެރިން އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި، އެ ރަށުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވަނީ ހޯމަ ދުވަހުގެ ރޭ ބައްދަލުކުރައްވާފައި. އަދި އިންޖީނުގެތަކާއި، ޔުޓިލިޓީ ހިދުމަތްތައް ދިނުމަށް ޤާއިމްކޮށްފައިވާ އެންމެހާ ވަސީލަތްތައް ބެލެހެއްޓުމުގައި ހުރިހާފަރާތްތަކުގެ ދައުރު ޒިންމާދާރު ކަމާއެކު އަދާކުރުމަށް މެނޭޖިންގ ޑިރެކްޓަރ ވަނީ އެދިވަޑައިގެންފައި.
ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންއައި ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ތިނަދޫ ސިޓީގެ ޚިދުމަތްތަކާ ރަސްމީކޮށް ޙަވާލުވުމުގެ މަސައްކަތަށް، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސް ވެރިން މިރޭ ވަނީ އެ ސިޓީއަށް ޒިޔާރަތްކުރައްވާފައި.
ހއ. ހޯރަފުށީގައި އަލަށް ބެހެއްޓި 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓް ކޮމިޝަންކޮށް، މިހާރު ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށާފައި. މި އާ އިންޖީނާއެކު އެ ރަށުގެ އިންސްޓޯލްޑް ކެޕޭސިޓީ ވަނީ 3.3 މެގަވޮޓަށް އިތުރުވެފައި. މީގެ ސަބަބުން ހޯރަފުށްޓަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ރަށުގެ ތަރައްޤީއަށާއި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ.








































































