إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! آمیـــــــــــــن
520
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
މައްޔިތާއަށް ހެޔޮ ރަޙްމަތް ލައްވާ ފާފަ ފުއްސަވައި ދެއްވާ ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި! އާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن
1
1
46
Mohamed Didi 🇲🇻 retweeted
ޕާކިސްތާން އާރމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މިއަހަރު ވާދަކުރި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސްޕެޝަލް ފޯސަސް ގެ ޓީމުން ރަން މެޑަލް ޙާޞިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެ އަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއް.
16 ޤައުމަކުން 24 ޓީމު ބައިވެރިވި މި މުބާރާތަކީ އަހަރަކު އެއްފަހަރު ބާއްވާ، ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި، އަސްކަރީ އަޚްލާޤާއި، ބައިވެރިންގެ ހިތްވަރާއި ޢަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ޙާލަތުގައި ޓެސްޓު ކުރާ މުބާރާތެއް.
ދިވެހި ސިފައިންނަށް ހޫނު މަރުޙަބާއެއް ކިޔާ، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން.
Mohamed Didi 🇲🇻 retweeted
Sign up for early access today at swipe.mv
⚡️ Limited release for 5,000 customers
⚡️ Access to the app will be shared via an invitation link
Mohamed Didi 🇲🇻 retweeted
ރާއްޖެ ސަރަހައްދުން ވަރަށް މަދުން ނޫނީ ނުފެންނަ ދިރުމެއް ކަމަށްވާ ކިލާ ވޭލް (އޯކާ) ފެނުން. ރާއްޖޭގެ ދެކުނުން ފުވައްމުލަކު ކައިރިން ޑައިވަރުންތަކަކަށް މިފަހުން ވަނީ އޯކާ ފެނިފައި. ހުޅުމާލެ ކައިރިން ވެސް އިއްޔެ އޯކާ ފެނިފައިވޭ. ބޮޑުމަހުގެ ބާވަތެއް ކަމަށްވާ އޯކާ އަކީ އެކި ދުވަސްވަރު ވަރަށް ދުރަށް ހިޖުރަކޮށް އުޅޭ އެއްޗަކަށް ވާތީ، ދޭތެރެއަކުން ރާއްޖެ ސަރަހައްދުން ވެސް ފެނޭ. އާންމުކޮށް ކަނޑުގެ ފިނި ސަރަހައްދުތަކުގައި ދިރިއުޅޭ އޯކާ މީގެ ކުރިން ވަނީ ރ. އަތޮޅުންނާއި ޅ. އަތޮޅުގެ ޖަވަކަރަ ރިސޯޓު ކައިރިން ވެސް ފެނިފައި.
Mohamed Didi 🇲🇻 retweeted
މިއަދަކީ ދުނިޔޭގެ އެންމެހާ ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ކީރިތި މާތް ނަބިއްޔާ މުޙަންމަދުގެފާނު އުފަންވެވަޑައިގަތުމުގެ މަތިވެރި ޒިކުރާ އާކުރާ ދުވަސްކަމުން އެކަލޭގެފާނުންގެ މައްޗަށް ގިނަގުނަ ޞަލަވާތް ލެއްވުން އެދި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
Mohamed Didi 🇲🇻 retweeted
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، އޮނަރަބަލް މުޙައްމަދު ސަޢީދުގެ ލޮބުވެތި ބައްޕާފުޅު، ސަޢީދު ޢަބްދުﷲ، ވިނަރެސް / ހއ.ތުރާކުނު، އަވަހާރަވި ޚަބަރު އަޅުގަނޑު އަޑުއެހީ ނުހަނު ފުންހިތާމައާއެކު އެވެ.
މަރުޙޫމް ސަޢީދު ޢަބްދުﷲ އަކީ ހއ.ތުރާކުނުގެ ވެރިކަމުގެ ދާއިރާގެ އިސް މަޤާމުތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ، ޤަދަރުވެރި ބޭފުޅެކެވެ. ޚުލްޤު ހެޔޮ، ދީންވެރި، ހަރުދަނާ ޝަޚްޞިއްޔަތެކެވެ.
މަރުޙޫމްގެ ޢާއިލާއަށް ނުހަނު އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދި ދުޢާ ކުރަމެވެ.
މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙްމަތުގައި މަރުޙޫމް ސަޢީދު ޢަބްދުﷲ ލަހައްޓަވާށިއެވެ. އާމީން.
Mohamed Didi 🇲🇻 retweeted
Yemen's Houthis have released video of a second attack within days that ended with a commercial ship sinking in the Red Sea. At least four crew members from the Eternity C were killed and 15 others are missing.
Mohamed Didi 🇲🇻 retweeted
It is with utmost respect and admiration that I wish YE Tun Dr Mahathir @chedetofficial a wonderful 100th birthday praying for your good health and prosperity always. You have been a marvellous personification of our Holy Prophet’s saying that the best among you is he who has led a long life with good deeds! Maa shaa Allah!
Mohamed Didi 🇲🇻 retweeted
ސުޕްރީމް ކޯޓުން ޝަމްއާންގެ ވާނުވާ ބަންދު ދަމަހައްޓައިފި
dhiyares.com/82743
Mohamed Didi 🇲🇻 retweeted
ސްޕްރީމް ކޯޓުންވެސް ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް!
post.mv/33311/
Mohamed Didi 🇲🇻 retweeted
Alhamdulillah! We are thrilled to announce that Team STELCO has secured 1st place in the SOE Category at the #MaldivesExpo2025. We showcased our "SCADA" system.
@STELCOMALDIVES
Mohamed Didi 🇲🇻 retweeted
މީގެ 1 އަހަރުކުރިން، 21 އޭޕްރީލް 2024 ގައި، ހިތަދޫ މެދު ދާއިރާގެ ރައްޔިތުން ތަމްސީލުކުރާނެ މަޖިލިސް މެންބަރަކީ އަޅުގަނޑު ކަމަށް އެރައްޔިތުންގެ ތަނަވަސް އަޤްލަބިއްޔަތަކުން ނިންމެވި. އަޅުގަނޑު ރައްޔިތުންނަށް ވައުދުވީ، މަޖިލީހުގެ މެންބަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، ރައްޔިތުންގެ ދަތިތަކާއި ކަންބޮޑުވުންތަކާއި، އިޙުސާސްތަކުގެ ވާހަކަތައް ދައްކައި، ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުލައިދޭނެ ކަމަށް. ފާއިތުވި ދުވަސްތަކެކޭ އެއްގޮތަށް، ކުރިއަށް ދުވަސްތަކުގައި ވެސް އިރާދަކުރެއްވިޔާ އަޅުގަނޑު މަސައްކަތް ކުރާނީ މިގޮތުގައި ދެމިހުރުމަށް.
Mohamed Didi 🇲🇻 retweeted
މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހްސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ވަނީ ފާހަގަކުރެވިފައި. އެހެން ކަމުން އަޅުގަނޑުމެން އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެން. ހާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން. މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު. އެ ދުވަހުގެ 15:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވޭ. އަދި މިއަދުގެ 13:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގައި. އެހެންކަމުން އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެ، ފަރުދީގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމަޢުއާއި އަމިއްލަ ލާބައާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް. ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަމާ!
@STELCOMALDIVES
@psmnewsmv

































